އީރާނުގެ ހަމަލާތަކުން ލިބުނު ގެއްލުން ބޮޑުކަމުން އިސްރާއީލުގެ ރައްޔިތުން ހައިރާންވެއްޖެ
ދެންމެ | 16 ޖޫން 2025

ހޯމަ ވިލޭރޭ އިތުރު މިސައިލް ހަމަލާތަކެއް އީރާނުން އިސްރާއީލަށް ވަނީ ދީފައެވެ.

މި ހަމަލާތަކުގައި ހައިފާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އޭގެ ކުރީ ރޭ އީރާނުގެ މިސައިލަކުން ބަތު ޔާމް ކިޔާ އައްސޭރިފަށުގެ އިސްރާއީލުގެ ސިޓީއެއްގައި ހުރި އެތައް ބުރީގެ އިމާރާތެއް ވަނީ ފުނޑުފުނޑުވެފައެވެ. މި ހަމަލާގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް 7 މީހުން މަރުވެފައިވެއެވެ.

ބަތު ޔާމުގެ ރަށްވެހިން ބީބީސީ އަށް ބުނެފައި ވަނީ އަޔަން ޑޯމް މިސައިލް ދިފާއީ ނިޒާމު ހުރުމާއެކު، އީރާނަށް މިފަދަ ގެއްލުމެއް ދެވުނީތީ އެމީހުން ތިބީ ހައިރާން ވެފައި ކަމަށެވެ.

އިސްރާއީލާއި އީރާން ވަނީ އާދީއްތަ ދުވަހު އެއްބަޔަކު އަނެއް ބަޔަކަށް ނުރައްކާތެރި އިތުރު ހަމަލާތައް ދީފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރުވެ، ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!