ޔޯގާ މައްސަލާގައި މިނިސްޓްރީ އާއި މަޖިލީހަށް މުހްތާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ.
ދެންމެ | 26 ޖުލައި 2022

ޔޯގާގެ މައްސަލާގައި އިސްލާމީ މިގައުމުގެ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމީ ފަތުވާ މަޖިލީހްގެ ރައުޔު ހާމަ ނުކުރާތީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހްތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކު ހަރާމްކޮށް ހަލާލު ކުރާ އިރު މިކަމުގައި އަދި ވެސް އިސްލާމިކް މިނިސްޓްރީ އޮތީ ނިދާފައި ކަމަށެވެ.

”އެއްބަޔަކު އަނެއްބަޔަކަށް ކަންކަން ހަރާމް ހަލާލު ކޮށް އާންމު ރައްޔިތުމީހާއަށް ކަންކަން އޮޅޭ ހިސާބަށްދާއިރުވެސް ވަކި ފަރާތެއްގެ ސިޔާސީ މަންފާއަށްޓަކައި ދީނީ ކަންކަމާއި ބެހޭ ވުޒާރާއާއި އިސްލާމީ ފަތުވާދޭ އެއްމެ މަތީ މަޖިލިސް ހިމޭންކަން އިޚްތިޔާރުކޮށް ކުޅިބަލަންތިބުން ބަލައިނުގަނެވޭ.“

މުހްތާޒް ވިދާޅުވީ ރައްޔިތުންނަށް އިސްލާމް ދީނުގެ ކަންކަން އޮޅޭ ހިސާބަށް އެކި މީހުން އެކި ވާހަކަ ދައްކަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުންނާއި ގައުމުގެ އެންމެހާ މުއައްސާތައް އެކުވެ ނަމަވެސް މައްސަލަ ހައްކުކޮށް ރައްޔިތުންނަށް ސާފްކޮށްދެއްވަން ޖެހޭ ކަމަށެވެ.

މުހްތާޒް ޓްވީޓް ކުރައްވާފައި މިވަނީ އަދާލަތު ޕާޓީން ޔޯގާ މައްސަލާގައި އިއްޔެ ފަތުވާއެއް ނެރެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަސީދު ޔޯގާ އަކީ ސުރުކެއް ނޫން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!