މަންކީޕޮކްސް ރާާއްޖެއިން ފެނިފައިނުވޭ: އެޗްއީއޯސީ
ދެންމެ | 28 ޖުލައި 2022

މަންކީޕޮކްސްގެ ކޭސްއެއް ނުވަތަ ޝައްކުކުރެވޭ ބަލިމީހަކުވެސް ރާއްޖެއިން މިހާތަނަށް ފެނިފައިނުވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން މިހެން ބުނެފައި މިވަނީ ރާއްޖެއިން މަންކީޕޮކްސްއަށް ޝައްކު ކުރެވޭ ކޭސްއެއް ފެނިފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ.

އެޗްއީއޯސީން ބުނީ ސިއްހީ ހިދުމަތްދޭ ތަންތަނުން ބައެއް ބަލިތަކަށް ޝައްކު ކުރެވިގެން އެންގުމުން އެކަމުގައި ގޮތެއް ނިންމަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ. އަދި ބައްޔަކަށް ޝައްކު ކުރެވޭކަމަށް ބުނާނީވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ބުނީ މަންކީޕޮކްސްގެ ކޭސްއެއް ނުވަތަ ޝައްކުކުރެވޭ ކޭސްއެއްވެސް ރާއްޖެއިން މިހާތަނަށް ފެނިފައިނުވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!