އަރަބިއްޔާގައި އަރަބި 19 މާއްދާއިން މަތިން ފާސްވިކަން އިޔާޒަށް އިގޭނެ: އަމުރު
ދެންމެ | 29 ޖުލައި 2022

ކިތަންމެ މައްޗަށް ކިޔެވިޔަސް ބަހާ އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމަނުވާނެކަމަށް ވިދާޅުވެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ފާޑުވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ، އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެކަމަށް އޭނާ ވިދާޅުވުމުން، އެކަމަށް ޑރ. އިޔާޒު މަލާމާތުގެ ރާގަކުން ރައްދުދެއްވުމުންނެވެ.

އެގޮތުން އަމްރަށް ރައްދު ދެއްވަމުން މަލާމާތުގެ ރާގެއްގައި ޑރ. އިޔާޒު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި ”ހޭކިލާފައި“ ހުއްޓަސް ދީނީ ކަންކަން އަމްރަށް ނޭނގި ހިނގައިދާނެކަމަށެވެ.

އިޔާޒުގެ އެ ވާހަކައަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އަރަބިއްޔާއިން ‏19 މާއްދާ އަރަބި ބަހުން ކިޔަވައިގެން، މަތިން މާކްސް ހޯދައިގެން ފާސްވިކަން އިޔާޒަށް ރަނގަޅަށް އެނގޭނެކަމަށެވެ. އަދި ކިޔަވާ ވިދާޅުވީ މާއްދާތަކުގެ ތެރޭގައި ތަފްސީރާއި ޙަދީޡްވެސް ހިމެނޭކަމަށް އަމްރު ވިދާޅުވިއެވެެ.

މީގެއިތުރުން އިޔާޒަށް އިޝާރަތްކުރައްވަައި އަމްރު ވިދާޅުވީ ކިތަންމެ މައްޗަށް ކިޔެވިޔަސް، ބަހާއި އަމަލާ ދިމާނުވެ ޒާތީގޮތުން ޖައްސާލާނަމަ ދީނީ ވާހަކަ ދައްކަން ކުފޫ ހަމައެއް ނުވާނެކަމަށެވެ.

މިދުވަސްވަރަކީ ޔޯގާގެ ހުކުމާމެދު ރާއްޖޭގައި ބޮޑެތި ބަހުސްތައް ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި ދެމެދު މިކަމުގައި ބޮޑެތި ބަހުސްތައް ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!