ސިފާ ހައްޔަރު ކުރުމަށް ގޮވާ އަޑު ގަދަވާން ފަށައިފި
ދެންމެ | 29 ޖުލައި 2022
ޓިކްޓޮކްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝިފާ ހައްޔަރު ކުރުމަށް އާންމުން ގޮވަން ފަށައިފިއެވެ. ޝިފާ ހައްޔަރު ކުރަން އާއްމުން ގޮވާލަމުން ދަނީ ޝިފާ އިތުރު އަންހެނަކާއިއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މީސް މީޑިއާގައި ދައުރުވެފައި ވާތީއެވެ.

ޝިފާ ހައްޔަރު ކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގިމައްސަލައިގައި އިއްޔެ ނާޒިމް ސައްތާރާއި ކާނަލް ނަޝީދުގެ އިތުރުން ފުލުހަކު ވެސް ހައްޔަރު ކުރުމުންނެވެ. އެތިން މީހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ.

އަލަމްގިރި އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ އާންމު ވެފައިވަނީ ނާޒިމް ސައްތާރުގެ ވީޑިއޯއެވެ. އޭގެ ފަހުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުގެ ވީޑިއޯ އާންމު ވިއެވެ. އަދި ފަހުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި މަސައްކަތް ކުރާ ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ ވީޑިއޯއެއް އާއްމުވިއެވެ.

ޝިފާ އިތުރު އަންހެނަކާއި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ ”ޑީޕް ފޭކް“ އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.

ނަމަވެސް ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ލީކު ކޮށްލާފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން މީގެ ކުރިން ވިދާޅުވީ، ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ޝިފާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އިއްޔެ ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ.

ޝިފާ އާއި އޭނާއާ ގުޅުން ހިންގި އަންހެން މީހާ ހައްޔަރު ނުކުރަނީ އޭނާ އަކީ އަންހެނަކަށް ވީމަތޯ ބައެއް މީހުން ވަނީ މީސް މީޑިއާގައި ސުވާލު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!