ރޯޔަލް ރޭޕާއި ވައްކަމުގެ މައްސަލަތައް ނުބަލަން އިބޫ އެންގި: ރައީސް ނަސީދު
ދެންމެ | 30 ޖުލައި 2022

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ސަފާރީއެއްގައި ހިންގި ރޭޕުގެ މައްސަލައެއް އަދި ދިވެހިރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި، އެހެނިހެން ނޭދެވޭ އަމަލުތައް ނުބެލުމަށް ކޮމިޝަނަރ އޮފް ފޮލިސް މުހައްމަދު ހަމީދަށް އަންގަވައިގެން ތަހުގީގުތައް ހުއްޓުވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު، އަލަމްގީރު ނަމަކަށް ކިޔުން ބަންގްލަދޭޝް ފިރިހެނަކާއިއެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރު ކުރުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ، އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު، ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ހުއްޓުވަމުންދާކަމަށެވެ. އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައެއްވެސް ހުއްޓުވިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރެވިފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ، ކޯޓު އަމުރަކަށް އެދުމުން ލިބިފައިނުވާކަމަށެވެ. އެހެން ނަމަވެސް ފަހުން، ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވައިގެން އަމުރެއް ނެރިފައިވާކަމަށްވެސް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ނާޒިމް ސައްތާރު ހައްޔަރު ކުރުމަށް ނެރިފައިވާ ކޯޓުއަމުރު ލިބިފައިވަނީ، ރައީސް ސާލިހު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެންކަމަށް ތުހުމަތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު އެހެނިހެން މައްސަލަތަކުގައިވެސް އެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ. އަދި ޖީހާންގެ ފިރިމީހާގެ މައްސަލައިގައިވެސް ނުފޫޒު ފޯރުވާ، ތަހުގީގުތައް ހުއްޓުވާލާފައިވާކަމަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި ހިންގާފައިވާ ބޮޑެތި ހިޔާނާތުގެ މައްސަލަތައްވެސް ރައީސް ސާލިހުވަނީ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގައި، ހުއްޓުވާފައިކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ ސަރުކާރުން އިސްލާމް ދީނުގެ ނަމުގައި، ހަރުކަށި އުސޫލުތަކަކުން އަމަލު ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މަނިކުފާނުވެސް އެފަދަ އުސޫލުތަކަކުން ކަންކަން ކުރައްވާނެކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުވަނީ، އެމްޑީޕީގެ ބައެއް މެމްބަރުން ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގަމުންދާކަން، އެ މަނިކުފާނަށް އެނގިލައްވާކަން ވިދާޅުވެފައެވެ. އެހެން ކަމުން، އެ މަނިކުފާނު އެކަންކަން ލިޔެކިއުމެއްގައި އެކުލަވާލައި، ހާމަ ކުރައްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން، އިންގިރޭސި ވިލާތުގައި ހުންނަވައިގެން، އެ މަނިކުފާނުވަނީ، ރައީސް ސާލިހު ޒިނޭކުރައްވާ ކަމަށާއި، ރާބޯކަމަށްވެސް ތުހުމަތު ކުރައްވާފައެެވެ. އަދި އެފަދަ ފޮޓޯތަކާއި، ވީޑިއޯވެސް ހުރިކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!