މުޅި ދައުލަތް ދަވާލި ޔާމީނާއިއެކު އެމްޑީޕީން ވަގު ޑީލެއް ހެދުމަކީ ނުރައްކަލެއް: އިބްރާ
ދެންމެ | 02 ޖޫން 2026

މުޅި ދައުލަތް ދަވާލި ޔާމީނާއިއެކު އެމްޑީޕީން ޑީލެއް ހެދުމަކީ ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މާލޭ މެމްބަރ އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ދެ ރައީސުންނާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތް ދަވާލި ޔާމީނާއި އެކު އަޑިނޭނގޭ ޑީލެއް ހެދުމަކީ އެއްގޮތަކަށް ވެސް ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ދައުލަތުން ވައްކަން ކުރުމަކީ އެމްޑީޕީއަށް އޯކޭ ކަމަކަށް ވެފައިވާކަން ސާފުވެގެންދާ ކަމަށް އިބުރާ ވިދާޅުވި އެވެ.

އިބުރާ ވިދާޅުވީ ޔާމީން އަނިޔާވެރި ވެރިކަމަކީ ދިވެހި ތާރީހުގައި ބަނަ ދުވަސްތަކެއް ގޮތުގައި ލިޔެވިފައިވާ ކަމަށާއި މިފަދަ ނުބައި ވެެރިއަކާއިއެކު އެމްޑީޕީން ޑީލެއް ހެދުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!