އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
ދެންމެ | 25 ޖުލައި 2025

ރާއްޖޭގެ 60 ވަނަދުވަހު މިނިވަން ދުވަހުހެ ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމަށް އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތަށް މޯދީ ކުރެއްވި ދަތުރުފުޅަށް ފަހު ލަންޑަނުން މޯދީ ރާއްޖެ ވަޑައިގެންނެވި ފްލައިޓް ދާދި ދެންމެއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސައިފައެވެ. މޯދީއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރަކީ ރައީސް މުހައްމަދު ޑރ. މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުގައި މޯދީ އާއި މުއިއްޒާ ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް މޯދީ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ވަކިވަކިންނެވެ.

ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުން މިއަދު މެމްދުރުފަހު މާލޭގައި އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!