’ނާނު’ގެ ލޯބީގެ ޖަޒުބާތުގައި ފަޒޫ ނުލާ، ރައީސް ގިނިކަންޏާ އިންޑިޔާއަށް.
ދެންމެ | 01 އޯގަސްޓް 2022

ދުނިޔޭގައި ރިޔާސީ ލޯބީގެ ހާޖާނަކީ އާކަމެއް ނޫނެވެ. ބިލް ކްލިންޓަނާއި މޮނިކާ ލުވިންސްކީ ނުވަތަ ޕްރިންސް ޗާލްސް އާއި ކަމާލާ ކީއްކުރަން ތޯ އެވެ. ރައީސް އިބޫ އާއި ނާޒިޔާ (ނާނު) ވިޔަސް ތަފާތެއް ނެތެވެ. ލޯތްބަކީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ހިނގާ ޖަޒްބާތީ އިހްސާސްތަކަށް ކިޔާ ނަމަކަށް ވެފައި ވަނީ ވެސް މިހެންވެ އެވެ.

ރައީސް އިބޫގެ ޒަމާންވީ ރަހްމަތްތެރިޔާ ރައީސް އަންނި ރައީސް އިބޫ ޒުވާން ޖިންސުންލަތީފަކާއި އެކު ލޯބި ޖަޒްބާތީ އިހްސާސްތަކެއް ހިއްސާވާ ކަމަށް ވިދާޅުވުމަށް ފަހު ރައީސް އިބޫގެ ފުރަތަމަ ފެނިލުން ވެސް ތަފާތެވެ. މެޑަމް ފަޒުނާގެ ހިލަމެއް ވެސް ނެތެވެ. މިއަދު އިންޑިޔާ ދަތުރުފުޅަށް ވަޑައިގެންނެވީ ގިނިކަންޔާ އެވެ. އިންޑިޔާގެ ބޮޑު ވަޒީރު މޯޑީގެ ދައުވަތަކަށް ރައީސް އިބޫގެ އިންޑިޔާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މެޑަމް ފަޒުނާ ބައިވެރި ވަޑައިނުގެންނަވަ އެވެ. މައުލޫމާތު ލިބިފައވާ ގޮތުގައި މި ދަތުރުފުޅުގައި މެޑަމް ފަޒުނާ ކުރިން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވީނަމަވެސް ފަހު ވަގުތު ކަމަނާ ވަޑައިނުގެންނެވުމަށް ނިންމެވީ އެވެ.

އިންޑިޔާގެ ރައީސް ކަމަށް އަންހެން ކަނބަލެއް އިންތިހާބުވެ، އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާސްބަވަތީ ބަވަންގެ މިފަދަ ބޮޑު އިއްޒަތުގެ ދަރުބާރަކަށް ފިރިކަލުން އަރިހްގައި މެޑަމް ފަޒުނާ ވަޑައިނުގެންނެވީ ކީއްވެ ބާ އެވެ. އިބޫ އާއި ނާނުގެ ޖަޒްބާތީ އިހްސާސްތައް އެނގިި މެޑަމް ފަޒޫ ހިތް ކުދިކުދި ވީ ތޯ އެވެ.

ރައީސް އިބޫގެ ރިޔާސީ ދައުރު ފެށިގެން މިއަދާއި ހަމައަށް މައިގަނޑު ހުރިހާ ސްޓޭޓް ވިޒިޓެއްގައި މެޑަމް ފަޒްނާ ބައިވެރި ވަޑައިގެންފައިވާ އިރު، ރާއްޖޭގެ އެންމެ ބޮޑު ރަހްމަތްތެރިޔާ އިންޑިޔާގެ ސްޓޭޓް ވިޒިޓަށް މެޑަމް ފަޒުނާ ވަޑައިނުގެން އިބޫ ގިނިކަންޔާ ދޫކޮށްލީ ކީއްވެ ތޯ އެވެ. ވަކިން ހާއްސަކޮށް އެގައުމުގެ ތަހުތަށް އަންހެން ކަނބަލެއް އިންތިހާބުކޮށް ބާއްވާ މި ހާއްސަ ދަރުބާރަށް ވަޑައިނުގެން ފަޒޫ ދޫކޮށްލެއްވީ ކީއްވެ ތޯ އެވެ.

ތެދެކެވެ. ނާނު އަކީ ފަޒޫއަށް ވުރެ، ޒުވާން ދޮން މިޒަމާނުގެ އަންހެން ކަނބަލެކެވެ. ނާނުގެ ޖަޒްބާތީ ބާރުތައް ގަދަވެފައި ގެންގުޅޭ ޓެކްޓިކްސްތައް ވެސް މޮޅުވާނެ އެވެ. އެހެންނަމަވެސް މިއަދު ގައުމުގެ ފަސްޑް ލޭޑީ އަކީ އަދި މެޑަމް ފަޒުނާ އެވެ. ރައީސް އިބޫ އާއި އެކު މިގައުމު ތަމްސީލް ކުރުމުގެ ޒިންމާ އަދި އެޅިފައި ވަނީ މެޑަމް ފަޒުނާގެ އިސްތަށިފުޅުގަ އެވެ.

ރައީސް އިބޫގެ ތިނެސްކަން ލޯބީގެ ހަރަކާތްތައް ދިރާސާ ކުރާ ފަރާތްތައް ސޯސިއަލްމީޑިޔާގައި ބުނެފައި ވަނީ ގަނޑުވަރު ތެރޭގެ މަސްރަހް ވަރަށް ހޫނު ކަމަށެވެ. ލޯބީގެ މިފަދަ ހާދިސާތައް ފަޅާ އެރުމުން އާއްމްކޮށް ފިރިހެން މީހާ ސޯފާގައި ނިދަން ޖެހުމާއި ދެ މީހުން ވާހަކަ ނުދައްކާ ތިބުމާއި އެއް އެދެއްގައި ނިދި ނަމަވެސް ދެބުރިކަށި ޖައްސައިގެން ނިދުންފަަދަ ހުރިހާ ކަމެއް މިއަދު ތަހައްމަލް ކުރަންޖެހިފައިވާ ކަމަށެވެ.

ރިޔާސީ ލޯބީގެ މަސްރަހް ދިރާސާ ކުރައްވާ މުހައްލިލަކު ވިދާޅުވީ މިފަދަ ގޮތަކަށް ފަސްޑްލޭޑީ ގިނިކަންޏާ ރައީސް ދޫކޮށްލާނީ ލޯބީގެ ޖަޒްބާތީ ކެކުޅުންތައް ކެތްނުކުރެވޭ ދަރަޖައަކަށް ދިއުމުން ކަމަށެވެ. ދުނިޔޭގެ ތާރީހަށް ނަޒަރު ހިންގާލާ އިރު، 1992 އަހަރު ޕްރިންސް ޗާލްސް ލޯބީގެ ޖަޒްބާތީ ކުޅުމެއް ފަޅާ އަރައިފައި ވަނިކޮށް ޕްރިންސަސް ޑަޔާނާ އެކު ސައުތު ކޮރެޔާއަށް ކުރި ދަތުރުގެ ވާހަކަ މިއަދު ވެސް މީޑިޔާތަކުގައި ފެންނަށް އެބަ އޮތެވެ. ހަމައެހެންމެ ރައީސް ކްލިންޓަނާއި މޮނިކާގެ ވާހަކަ އަކީ ދިރިހުރި ރީތި މިސާލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!