ޕީޕީއެމުން ދާއިރާ ރައީސުން ހޮވަނީ
ދެންމެ | 04 އޯގަސްޓް 2022

އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ ރައީސުން ހޮވުމަށް އިޢުލާނުކޮށްފިއެވެ.

ޕީޕީއެމުން ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ ރައީސުންނާއި، ރަށުގެ ރައީސުންނާއި އެހެނިހެން އިސްމަޤާމުތަކުގެ އިންތިޚާބަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމުތަކަަށް ކުރިމަތިލާން ޝައުގުވެރިވާ ޕީޕީއެމްގެ ރަށްރަށުގެ މެމްބަރުންނަށް މިހާރު އެކަމަށް އެދޭ ފޯމް ޑައުންލޯޑްކުރެވޭނެ ކަމަށް ޕީޕީއެމުންވަނީ ބުނެފައެވެ.

މި އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފޯމްތައް ބަލައި ގަންނާނީ މި މަހުގެ 13-25 އަށެވެ. ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަށްވާނެ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ބޮޑު ޖަލްސާ މި މަހުގެ 19 ވަނަ ދުވަހު ބާއްވަންވެސް ޕީޕީއެމުން މިހާރުވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!