ރާއްޖެ ހިމެނޭހެން ޗައިނާ، ރަސިޔާ، އިންޑިޔާ، އަދި އުތުރު ކޮރެއާ ގުޅިގެން ނުބައި ރޭވުން އެބަރާވާ: ޓްރަންޕް
ދެންމެ | 03 ސެޕްޓެމްބަރ 2025

ޗައިނާ، ރަޝިއާ އަދި އުތުރު ކޮރެއާގެ ލީޑަރުން ގުޅިގެން އެމެރިކާއާ ދެކޮޅަށް ރޭވުންތައް ރޭވިކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް އެކަމުގެ ތުހުމަތު ކޮށްފިއެވެ.

ޓްރަމްޕް މިހެން ބުނީ ޗައިނާއިން މިއަދު ބެއިޖިންގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ވިކްޓަރީ ޑޭ ޕެރޭޑްގައި ދުނިޔޭގެ ގިނަ ލީޑަރުން ހަރަކާތްތެރިވަމުން ދިޔަ ދަނޑިވަޅުގައެވެ. ޓްރަންޕް ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

ޓްރޫތް ސޯޝަލްގައި ޓްރަމްޕް ހިއްސާކުރި ޕޯސްޓެއްގައި ވަނީ ”އެމެރިކާއާ ދެކޮޅަށް ރޭވުންތެރިކަން ރާވަމުންދާ ވްލަޑިމިއާ ޕޫޓިން އާއި ކިމް ޖޮންގް އުން އަށް ހެޔޮ އެދުންތައް ފޮނުވާ“ ކަމަށެވެ.

ޗައިނާ، ރަޝިއާ އަދި އެހެން ގައުމުތަކުގެ ގުޅުން ބަދަހި ކުރުމަކީ ދުނިޔޭގެ މައިދާނުގައި އެމެރިކާއަށް އޮތް ގޮންޖެހުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ ޓްރަމްޕް ވަނީ މީގެ ކުރިން އެކަމާއި ދެކޮޅު ހަދާފައެވެ.

މީސް މީޑިއާގައި ޓްރަންޕް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޗައިނާއަށް ދިން ”ބޮޑު ތާއީދު“ ފާހަގަ ކޮށްފައެވެ. ޗައިނާގެ ޕެރޭޑަކީ ޖަޕާނުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާގެ އަތުން ބަލި ގަބޫލު ކުރިތާ 80 އަހަރު ފުރުމުގެ މުނާސަބަތުގައި ބައްވާ ޕެރޭޑެކެވެ. މިއީ ޗައިނާއިން ހޯދި ބޮޑު ކާމިޔާބީއެކެވެ.

”ޗައިނާގެ ކާމިޔާބީއާއި ޝަރަފު ހޯދުމަށް ކުރި މަސައްކަތުގައި އެމެރިކާގެ ގިނަ ބަޔަކު މަރުވި. އަޅުގަނޑު އުންމީދު ކުރަނީ އެމީހުންގެ ހިތްވަރާއި ޤުރުބާނީގެ ސަބަބުން އެމީހުންނަށް ހައްގުގެ ގޮތުގައި ޝަރަފުވެރިކަން ލިބި ހަނދާން ކުރެވޭނެ ކަމަށް!“ ޓްރަމްޕް ބުނެފައިވެއެވެ.

މި ޕެރޭޑުގައި ޝީ، ކިމް އާއި ޕޫޓިން ހިމެނޭ ގޮތަށް 26 ގައުމުގެ ލީޑަރުން ބައިވެރިވިއެވެ. ބައެއް އޮބްޒާވަރުން ދެކޭ ގޮތުގައި މިއީ އެމީހުންނާ ދުރުހެލިވެފައިވާ ހުޅަނގުގެ ގައުމުތަކަށް ލިބުނު ވަރުގަދަ މެސެޖެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!