އެމްއެންޔޫއިން ޑރ. އިޔާޒަށް އަލުން ވަޒީފާ ދީފި
ދެންމެ | 08 އޯގަސްޓް 2022
ގައުމީ ޔުނިވަސިޓީގެ ވަޒީފާ އިން ވަކިކުރި އެތަނުގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު އަދާކުރެއްވި ޑރ. މުހައްމަދު އިޔާޒް އަލުން ވަޒީފާ އަށް ނިކުންނަވަން ފައްޓަވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ ވަޒީފާ އިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމުން އޭނާއާ އެއްކޮޅަށް އެ މައްސަލަ ނިންމައި އިޔާޒަށް އަލުން ވަޒީފާދޭން މިދިޔަ ޖޫން މަހުގެ 20 ގައި ޓްރިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

ޓްރައިބިއުނަލްލުން ނިންމި ނިއްމުމުގައި ބުނެފައިވަނީ އިޔާޒް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށްވާތީ ކުރިން ލިބެމުން އައި މުސާރައާއެގައި ހަތް ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ އަލުން ދިނުމަށް އަމުރުކުރާ ކަމަށެވެ.

އޭނާ ގައުމީ ޔުނިވަސިޓީން ވަކިކުރީ ޖުލައި 1، 2021 ގަ އެވެ. އިޔާޒް މަގާމުން ވަކިކުރީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައެއްގައެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.އިޔާޒަކީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!