އަލަމްގިރު މައްސަލައިގައި ނަސީބަކުން ވަޒީރެއް ނުހިމެނޭ: ސީޕީ
ދެންމެ | 09 އޯގަސްޓް 2022

ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގައި ވަޒީރެއްގެ މައްސަލަ ނުހިމެނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ މިހާރު ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން މައްސަލަ ބަލާ މީހުންގެ ލިސްޓުގައި ވަޒީރެއް ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ. އެގޮތުން އާއްމުވެފައިވާ ލިސްޓުގައި ވަޒީރެއްގެ ނަމާއި ފޯނު ނަމްބަރުވެސް ހިމެނެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ އެއީ ކާކުކަން ނޭނގޭ މީހަކު ފަތުރަމުންދާ ލިސްޓެއް ކަމަށެވެ. އެ ލިސްޓުގައި، ވީޑިއޯތަކާ ގުޅިގެން ތަހުގީގު ހިނގާ މިހާތަނަށް އާއްމުވެފައިވާ ބައެއް ނަންތަކާއި ފުލުހުން ބަލާ މައްސަލަތަކުގައި ނުހިމެނޭ ނަންތައް އެބަހުރިކަަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިހާތަނަށް ބަލަމުންދާ މައްސަލަތަކުގައި ވަޒީރެއްގެ ނަމެއް ނެތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ބަލަމުންދަނީ ކިތައް މީހުންގެ މައްސަލަކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!