ދެ މީހަކު ރުހުމުގައި ލިވާތުކުޅެ، ޒިނޭކުރުމުގައި އެހެން މީހަކަށް ބިރެއް ނެތް: އިބްރާ
ދެންމެ | 13 އޯގަސްޓް 2022

އެކަހެރިވެ، ދެ މީހަކު ނުވަތަ އެއަށްވުރެއް ގިނަ މީހުން ރުހުމުގައި ޒިނޭ ކުރިއަށް އަދި ލިވާތު ކުރިޔަސް އެކަމުން އެހެން މީހަކަށް ވާނެ ގެއްލުމެއް ނެތްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އެކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫނުކޮށްލާ ، އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލުމާއެކު އެތައްބަޔަކު ނުރުހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޓުވީޓުކުރައްވާ އިބުރާ ވިދާޅުވީ ޒިނޭ އާއި ލިވާތު ކުރުމަކީ ކުށެއްކަމަށާއި އެހެންނަމަވެސް، އެ ކުށަކީ ދެމީހަކު ނުވަތަ އެއަށްވުރެއް ގިނަ މީހުން ރުހުމުގައި ، އެކަހެރިވެގެން ތިބެ ކުރި ކަމެއްނަމަ އެކަމަކުން އެހެން މީހެއްގެ ފުރާނައަށް، ޖިސްމަށް، މުދަލަށް ނުރައްކަލެއް ނެތްކަމަށެވެ.

އެހެންކަމުން އެހެންމީހެއްގެ މިނިވަންކަމަށް ހުރަސް ނޭޅޭނެ ކަމަށްވެސް އިބުރާގެ ޓުވީޓުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!