ބީއެމްއެލްގެ ސީއީއޯ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ދެންމެ | 09 ޖޫން 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެބޭންކުން ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ޓޮމޮތީ ސޯޔާ (ޓިމް) މަގާމުގައި އިތުރަށް ހުރުމަށް ގަސްތު ނުކުރައްވަން ނިންމުމާއި ގުޅިގެންނެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް ޓިމް ފޮނުވި އީމެއިލްއެއްގައި ވިދާޅުވެފައި ވަނީ، އޭނާ މަގާމު އަދާކުރައްވަމުން ގެންދަވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، މިހާރު އެއްބަސްވުން ހެދިތާ ތިން އަހަރު ފުރެން ގާތްވެފައިވާކަމަަށެވެ. އަދި އިތުރަށް އެއްބަސްވުން އާކޮށްގެން މަގާމުގައި ހުރުމަށް ގަސްތުނުކުރައްވާކަމަށާއި، އެކަމާ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑާވެސް މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.

ޓިމް މަގާމު ދޫކުރައްވަން ނިންމާފައިވާތީ ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓްގެ ދާއިރާ އިން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ލީޑަޝިޕާއި މެނޭޖްމެންޓް ސްކިލްސް ހުރުމުގެ އިތުރަށް ބޭންކިން އަދި ފައިނޭންސްގެ ދާއިރާ އިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވެސް ވާންޖެހޭނެ ކަމަށް ބީއެލްއެލުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!