ސިންގަޕޫރުގައި ހުރި ފައިސާ ނެގޭނީ ޔާމީން ރެޓީނާ ސްކޭނާއި ހަތަރެސްފައިގެ ޕްރިންޓުން: އަދީބް
ދެންމެ | 13 އޯގަސްޓް 2022

ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީގައި ހުރި ކަމަށް ރައީސް ޔާމިން ވިދާޅުވާ ފައިސާ އަކީ އެމަނިކުފާނު ރައްކާ ކުރަށްވާފައި ހުރި ފައިސާ ކަމަށާއި އެފައިސާ ނަގަން ރައީސް ޔާމިންގެ ލޮލުގެ ރެޓީނާގެ ސްކޭނާއި ހަތަރެސްފައި ޕްރިންޓް ބޭނުންވާނެ ވާހަކަ ވިދާޅުވެފައިވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވާ އަހުމަދު އަދީބާއި ހަވާލާ ދެއްވައި އަދީބުގެ އަރިސް ބޭފުޅަކު ވިދާޅުވީ ރައީސް ޔާމިން ބޭއްވެވި ނޫސް ކޮންފަރެންސްގައި ”ދެ ނޭވައި ދޭތެރޭގައި“ އަދީބުގެ ނަން ވިދާޅުވެ މުޅިން ވެސް ހެއްދެވީ އިތުރުފުޅު ކަމަށެވެ. ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވީ އަދީބު ކުރީގެ އޭސީސީގެ ރައީސްގެ އަރިހުގައި ދެންނެވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ބޮޑުބައި ސިންގަޕޫރުގައި ރައީސް ޔާމިންގެ ތިޖޫރިއެއްގައި ހުރި ވާހަކަ ކަމަށާއި އެފައިސާ ނަގަން ރައީސް ޔާމިންގެ ލޮލުގެ ރެޓިނަލް ސްކޭނެއް ބޭނުންވާނެ ވާހަކަ ކަމަށެވެ.

”އަދި އަދީބު ދެންނެވި އަދީބު ސިންގަޕޫރަށް ގެންދަނިކޮށް އެފައިސާ ހުރިކަން ޔަގީން ކޮށްދޭނެ ކަމަށް. އެހެން ނަމަވެސް އެފައިސާ ނަގަން ރައީސް ޔާމިން ފިޒިކަލީ އެތަނަށް (ސިންގަޕޫރަށް) ގެންދަން ޖެހޭނެ ކަމަށް އަދީބު ދެންނެވި.“ އޭނާ ވިދާޅުވިއެވެ.

އަދީބާ ހަވާލާ ދެއްވައި އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު މަހަކު އެއްފަހަރު ސިންގަޕޫރަށް ވަޑައިގެންނެވީ ރައީސް ޔާމިން ކަމަށާއި އޭރު ސިންގަޕޫރަށް ވަޑައިގެންނެވީ އެފައިސާ ރައްކާ ކުރަށްވަން ކަމަށެވެ.

”ވެރިކަމުގައި ހުންނެވިއިރު، 2014 – 2015 ގެ ވީކެންޑްގަ އުޅުއްވީ ސިންގަޕޫރުގަ. ސިންގަޕޫރުގަ އޭރު އުޅުނީ އަދީބު ނޫންކަން އެންމެންނަށް އެނގޭނެ. ހަމަ ލާރިކޮޅެއް އަތްޕުޅަށް އަރާއިރަށް ސިންގަޕޫރަށް ކޭޝް ހިއްޕަވައިގެން ވަޑައިގެން އެ ލައްވަނީ ޑިޕޮސިޓް ބޮކްސަށް.“ އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާއާއި ގުޅުންހުރި އެއްވެސް ކަމެއް ރައީސް ޔާމީނަށް އެނގިވަޑައި ނުގެން ކުރަށްވާފައި ނުހުންނާނެ ކަމަށާއި އިކޮނަމިކް ކައުންސިލުން ނިންމާ ކަންކަމާއި އެކައުންސިލުން ބޭރުން ނިންމާފައި ހުރި ހުރިހާ ކަމެއްވެސް ނިންމާފައި ހުންނާނީ ރައީސް ޔާމީންގެ ލަފާގެ މަތީން ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
  1. އަދީބު

    ކަލޭ ފުޔޭ ނުކިޔަ ބަލަ!! ތިޔައީ ހަމަ ޚިޔާނާތްތެރިއެއް.

  2. ދޮންބެ އަދީބުގެ

    މިހާރު ތިއުޅެނީ ގޮތް ހުސް ވެގެނޭ އަދީބު ކަލޯ. ކޮލޯގެ ފައިގެން ތިނެތިން އެކަތި ހިފައިގެން ދާސޭބުނޭ.

  3. އެހެން ވީމަ ތި ގުނަވަންތައް ހިފައިގެން ގޮސް ވިޔަސް ގެންނަން ވެއްޖެއެއްނު

  4. ށަވިޔަނި

    ޢަދީބު އަކީ އަލިފެއް، އަލިފު ބާ ކިޔަވަން ވައްކަން ކުރީ، އަލިފު ބާ ކިޔަވަން ރައްޔިތުންގެ ފައިސާ ބެހީ،އަދީބު ކުރަން އުޅުނު ކަންތަށް ވަރަށް ސާފުކޮށް ރައްޔިތުން ނަށް އަދީބު ދެއްކި،ޓޫރިޒަމު މިނިސްޓަރަކަށް ހުރި މީހާ ގަދަ ފައި ވިއްދާ ކެންޕޭން ކޮށް ނައިބު ރައީސަކަށް އައީ، އޭގެ ފަހުގަ ވިސްނުން ހުރީ ވެރިމީހާ މަރާލީމަ ނައިބު އަށް ވެރިކަން ލިބޭނެތީ ވެރިމީހާ މަރާލަން، ފައިސާ ބަހާ އުޅުނީ އެންމެންގެ ލޯބި ހޯދާ ވެރިޔަކަށް އަންނަން، ﷲ އަދީބު ފަޟީހަތް ކުރެެއްވީ، ދެން އަގަޔަށް ފޯކެއް ލާގެން މައިތިރިވެ އޮވޭ