ސަލްމާން ރުސްދީއަށް ހަމަލާދިން މީހާއަށް އީރާން ސްޕްރީމް ލީޑަރ ތައުރީފް ކޮށްފި
ދެންމެ | 13 އޯގަސްޓް 2022
ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށާއި ގުރްއާނަށް އިހާނެތި ބަސްތައް ބުނެ ފުރައްސާރަ ކުރި ސަލްމާން ރުޝްދީއަށް ދެވުނު ހަމަލާއާ ގުޅިގެން އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޚާމަނާއީ ހަމަލާދިން މީހާ އަށް ތައުރީފް ކުރައްވައިފިއެވެ.

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ހަމަލާދީފައި ވަނީ ހާދީ މަތާރު ނަމަކަށް ކިޔާ މީހެކެވެ.

އިއްޔެ ހެނދުނު، އެމެރިކާގެ ނިއުޔޯކްގައި އޮތް ހަފްލާއެއްގައި ތަގުރީގު ކުރަނިކޮށް ވަޅިން ދިން ހަމަލާއާ ގުޅިގެން ސަލްމާން ރުޝްދީ އަށް ފަރުވާދިނުމަށް ވަގުތުން ހެލިކަޕްޓަރެއްގައި ހޮސްޕިޓަލަށް ގެންދިޔައެވެ.

މަތާރު އަކީ އީރާނަށް ނިސްބަތްވާ މީހަކަށްވާ އިރު މި ހަމަލާއަށްފަހުން އޭނާގެ އަމަލާގުޅިގެން ރަސްމީކޮށް އެގައުމުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ވަޅި ހެރުމުން އެކަމަށް ތައުރީފުކޮށް، އިރާންގެ ފަތުވާ 33 އަހަރު ފަހުން އެކަން ހަގީގަތަކަށް ވެފައިވާ ކަމަށް ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން މުސްލިމުންގެ ގިނަބަޔަކު އުފާފާޅުކުރަމުން ދާއިރު އަނެއް ބަޔަކު އިންޒާރު ދެމުން ދަނީ އިސްލާމީ ރިޕަބްލިކްގެ ދުޝްމަނެއްގެ ގޮތުގައި ދެކޭ މީހުންނަށް ވެސް އޭނާ އަށް ކުރިމަތިވި ފަދަ މުސީބާތެއް ކުރިމަތިވެދާނެ ކަމަށެވެ.

ކޮންޒަވޭޓިވް ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ހުސެއިން ސާރިމީ ބުނީ ރުޝްދީއަށް ’ސިންގާ‘ އެއްފަދަ މީހަކު ހަމަލާދީފައިވާ ކަމަށާއި މި ހަމަލާދިން މީހާއަކީ ބޯޑަރެއްގައި ނޫޅޭ އިސްލާމް ދީނުގެ އަސްކަރިއްޔާގެ މީހެއް ކަމަށެވެ.

”ބަދަލު ހިފުން ލަސްވެދާނެ، އެކަމަކު އެއީ ހަމަ ޔަގީނުން ވެސް ވާނެ ކަމެއް“ ސާރިމީ ބުނެފައިވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން ހުރި ގިނަ އެކައުންޓްތަކަކުން ވަނީ މަތާރު އާ މެދު ހަމްދަރުދީވާ ކަމަށް ބުނެ، އެ ހަމަލާއާ މެދު ފާޅުގައި އުފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!