’ރިޔާސީ ލޯބި‘ ކްލިންޓަން އަތުވީ މަނި ހުރި މޮނިކާގެ ހެދުމުން؛ ނާނަށް އިބޫގެ ކޯއްޗެއް؟!
ދެންމެ | 17 އޯގަސްޓް 2022

އަދަކީ ރައީސް ކުލިންޓަން މޮނިކާ ލްވިސްކީ އާއި އެކު ލޯބީ މިލްޖޫލްވުމެއް އޮތް ކަމަށް އެއްބަސްވެވަޑައިގެނެވިތާ 24 އަހަރު ފުރޭ ދުވަހެވެ. ރައީސް އިިބޫގެ ޒުވާން ޖިންސުންލަތީފަކާއި އެކު އިސްގީ މިލްޖޫލްވުމެއް އޮތްކަމުގެ ވާހަކަ ރައްޔިތުންގެ މަޖިލީގެ ރައީސް އަދި ރައީސް އިބޫގެ ރަހްމަތްތެރިޔާ އަންނި ވިދާޅުވުމާއި އެކުވެސް ހަދާން އާވެގެން ދަނީ އެމެރިކާގެ ރައީސް ބިލް ކްލިންޓަނާއި މޮނިކާގެ ރިޔާސީ ލޯބީގެ ހާދިސާއަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވުމުން ވެސް މިއަދާއި ހަމައަށް ނާނުގެ ލޯބީގެ މިލްޖޫލް ވުމާއި ބެހޭ ގޮތުން ރައީސް އިބޫ ބަސްފުޅެއް ވިދާޅުވެފައެއްނުވެ އެވެ. ރަށުތެރޭގައި އެގޮތް މިގޮތަށް ވާހަކަތައް ދެކެވި ފޮޓޯތައް ދައުރުވަމުންދާ އިރުވެސް ރައީސް އިބޫ އެ ހުންނެވީ ހަނެވެ.

މީގެ 24 އަހަރު ކުރިން 17 އޯގަސްޓް 1998 ގައި އެމެރިކާގެ އޭރުގެ ރައީސް ބިލް ކުލިންޓަން މިފަދަ ލޯބީގެ އިސްގީ މިލްޖޫލްވުމެއް އޮތްކަން ހާމަވުމުން އެމެރިކާގެ ސެނެޓުން އެކަމުގެ ފުރިހަމަ ތަހްގީގެއް ހިންގި އެއްބަސްވަޑައިގެންނެވި އެވެ. ސުވާލަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކޮބައިތޯ އެވެ؟ ރައީސްގެ އިސްތަށިފުޅުގައި މިފަދަ ބޮޑު ތުހުމަތެއް އަޅުވާފައިވާ އިރު، އެމެރިކާގެ ސެނެޓުން ހިންގި ފަދަ ތަހްގީގެއް ނުހިންގަނީ ކީއްވެ ތޯ އެވެ؟

ތެދެކެވެ. އެމެރިކާގެ ރައީސް ބިލްކުލިންޓަން މޮނިކާ އާއި އެކު ބޭއްވީ އިސްގީ ލޯބީގެ މިލްޖޫލްވުމަށް އެއްބަސްވެވަޑައިގެންނެވީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. އެމެރިކާގެ ސެނެޓުން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔަ ވަރުގަދަ ތަހްގީގްގައި އެންމެ ފުރަތަމަ ރައީސް ކްލިންޓަން އެއްބަސްވެ ވަޑައިނުގެން، ހެއްދެވީ އިތުރުފުޅެވެ. އެހެން ނަމަވެސް ތަހްގީގް ވަރުގަދަކޮށް މޮނިކާގެ ނޫކުލައިގެ ހެދުމުގައި ރައީސް ކްލިންޓަންގެ ’މަނި‘ އެޅިފައިވާ ކަމަށް ފޮރިންސިކް ތަހްގީގުން ހާމަ ކުރުމުން އެމަނިކުފާން އިއުތިރާފް ވަޑައިގެނެވީ އެވެ. އަދި އިތުރުފުޅު ހެއްދެވިކަމަށް އަދަބެއްގެ ގޮތުގައި 90000 ޑޮލަރުން ޖޫރިމަނާވެސް ކުރެއްވި އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ރައީސް އިބޫގެ ލޯބީގެ މިލްޖޫލްވުމަށް މިފަދަ ތަހްގީގެއް ހިންގައިފިނަމަ އެމަނިކުފާނާއި ދެކޮޅަށް ނާނު ހުށަހަޅުއްވާނެ ސަރުއީ ފެން ހިފޭ ހެއްކަކީ ކޮބައިކަމެއް އަންދާޒާކޮށްލަން ވެސް އަދި ނޭނގެ އެވެ.

މޮނިކާ އާއި ކްލިންޓަންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީ ވައިޓްހައުސް އޮފީސް އޮފް ލެޖިސްލޭޓިވް އެފައާރޒް، ގައި މޮނިކާ މަސައްކަތް ކުރެއްވި ދުވަސްވަރު އެވެ. މި ލޯބީގެ ގުޅުން 1995 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާއި ހަމައަށް ކުރިއަށް ދިޔަކަމަށް ސެނެޓުގެ ތަހްގީގު ހާމަވެފައި ވާއިރު، އިބޫ އާއި ނާނުގެ ލޯބީގެ މިލްޖޫލްވުން ފެށިގެން ގޮސްފައިވާ ކަމަށް ވަނީ ޓީވީއެމް އެލްމަނާއީގެ ތެރެއިންނެވެ. މިގުޅުން 2019 އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ކުރިއަށް ގޮސްފައިވާ ކަމަށް ވެއެވެ.

ސެނެޓްގެ ތަހްގީގުން ހާމަވެފައިވާ ގޮތުގައި މޮނިކާ އާއި ކުލިންޓަން 7 ފަހަރު ޖިމާއު ވެފައިވާ ކަމަށާއި ވައިޓް ހައުސްތެރޭގައި ވެސް ޖިމާއު ވެފައިވާ ކަމަށް މޮނިކާ ބުނުނެފައިވެ އެވެ. އަދި ހިލަރީ ވައިޓްހައުސްގައި އުޅެނިކޮށްވަނިކޮށް ވެސް ޖިމާއުވެފައިވާ ކަމަށް މޮނިކާ ތަހްގީގަށް ބުނެފައިވެ އެވެ.

ރައީސް އިބޫ އާއި ނާނު ވެސް ޕާޓީތަކާއި މަސްދަތުރުތަކުގައި އެކުގައި ވަގުތު ހޭދަކޮށްފައިވާއިރު، އެދެބޭފުޅުންގެ މެދުގައި ޖަޒްބާތީ މިލްޖޫލްވުމެއް އުފެދިފައިވާ މިންވަރެއް ވަޒަންކޮށްލަން އިނގޭނީ މިކަމުގައި ރައްޔިތުންގެ މަޖިލީހުން ހިންގޭ ހާއްސަ ތަހްގީގަކުންނެވެ.

ރައީސް އިބޫގެ ޅައިރުންސުރެ ރަހުމަތެރިޔާ އަންނި ނާނު އާއި އިބޫގެ ލޯބީގެ ޖަޒްބާތީ ހާމަކޮށްފައިވާއިރު، މޮނިކާ އާއި ކުލިންޓަންގެ ލޯބީގެ މިލްޖޫލުވުން ފަޅާ އަރުވާލީ މޮނިކާ އާއި އެކު މަސައްކަތްކުރި އޭނާގެ ގާތް މުވައްޒަފެކެވެ. އޭނާ ކްލިންޓަނާއި މޮނިކާގެ ފޯނު ކޯލެއް ރިކޯޑްކޮށްފައިވާއިރު، އަންނި އަތުގައި އޮތީ ރައީސް އިބޫގެ ހަތަރު ގަނޑު ފޮޓޯ އެވެ.

ނާނާއި މޮނިކާގެ ރިޔާސީ ލޯބީގެ މިލްޖޫލްވުމަށް ނަޒަރު ހިންގާލާއިރު، އާއްމުންގެ ތެރެއަށް މިވާހަކަތައް ފަޅާއަރައިގެން ގޮސްފައި ވަނީ އިބޫ އާއި ކްލިންޓަން މިލްޖޫލްވުމުން ނިމުމަކަށް ގެނައުމުން ކަނބަލުންގެ ހިތަށް އަންނަ ޒަލްޒަލާއަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!