ޕްރެސަރު ބޮޑުވެ އިންޑިޔާގެ އަމަލް ސަރުކާރުން ކުއްވެރި ކޮށްފި
ދެންމެ | 06 ޖޫން 2022

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލާގައި އެއްޗެއް ނުބުނާތީ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، ބީޖޭޕީގެ ތަރުޖަމާނުގެ އެ އަމަލު ކުށްވެރިކޮށް ސަރުކާރުން މިއަދު ބަޔާނެއް ނެެރެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ އުސޫލުތައް ދަށްކޮށްލުމުގެ ހުރިހާ އަމަލަކާއި ރަސޫލާގެ ދަރަޖަ ދަށްކޮށްލަން ކުރާ ކޮންމެ މަސައްކަތެއް އެއްވެސް ހިފެހެއްޓުމެެއް ނެތި ކުށްވެރިކުރާ ކަމަށެވެ.

އިންޑިއާގެ ބީޖޭޕީގެ އޮފިޝަލް ދެއްކި ވާހަކައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެއާ އެކު ބީޖޭޕީގެ އޮފިޝަލު ދެއްކި ވާހަކައަށް އިންޑިއާ ސަަރުކާރުން ކުށްވެރިކުރި ކުރުމަށް މަރުހަބާ ކިޔާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ އޮފިޝަލް ވާހަކަ ދެއްކުމުން އެޕާޓީން އަވަސް ފިޔަވަޅު އެޅިކަމަށް ބުނެ އެކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި މަރުހަބާ ކިޔެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވެސް ބީޖޭޕީގެ އޮފިޝަލް ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!