އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
ދެންމެ | 18 އޯގަސްޓް 2022

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަވަމުން ދިއުމާ ގުޅިގެން އެ ކުންފުނިން ވެސް މިއަދުން ފެށިގެން ތެލުގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން، 16.77 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 16.32 ރ. އަށް ކަމަށާއި އަދި 16.55 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލް ލީޓަރެއް ލިބޭނީ 15.97 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!