އިޝްގީ ކެކުޅުމަށް ފަހު ފަޒޫގެ އިހްސާސްތައް އީގަލްސް ބޭންޑްގެ ’ޓެކީލާ ސަންރައިސް‘ އިން.
ދެންމެ | 23 އޯގަސްޓް 2022

ރައީސް ސޯލިހާއި ޒުވާން ޖިންސުން ލަތީފަކާއި ހިތުގެ ޖަޒުބާތީ ހިއްސާ ކުރައްވާ ކަމަށް އަޑުތައް ގަދަވެފައި ވަނިކޮށް ސިންގަޕޫރުގެ މެރީނާ ބޭ ގައި ފަސްލޭޑީ ފަޒޫ ގިނިކަންޏާ ދުވާ ފޮޓޯތަކެއް ސޯސިއަލް މީޑިޔާގައި އާޢްމު ކުރައްވައިފި އެވެ.

ސޯސިއަލް މީޑިޔާ އިންސްޓަރގްރާމްގައި އާއްމުކޮށްފައިވާ ފޮޓޯތަކުގެ އިތުރުން ފަޒޫގެ ސްޓޯރީއަށް ވެސް އަސަރުން ފުރިގެންވާ މެސެޖެއް ވަނީ ހިއްސާ ކުރައްވާފަ އެވެ.

ފަޒޫގެ އެމެސެޖް ދީފައި ވަނީ ރޮމޭންޓިކް މާނަފުން އީގަލްސް ބޭންޑްގެ “ޓެކީލާ ސަންރައިސް“ މި ލަވަ އިންނެވެ.

މާނަ ފުން އެލަވައިގައި މައިގަނޑުކޮށް ބުނެފައި ވަނީ އިންސާނެއްގެ އިސްގީ ހާޖާނެއްގެ ވާހަކަ އެވެ.

ރައީސް އިބޫގެ މި ޖަޒްބާތީ ގުޅުމުގެ ވާހަކަ ފަޒޫގެ ދެބެންދެދަރި ރައީސް އަންނި ހާމަ ކުރެއްވުމަށް ފަހު މިހާތަނަށް އިބޫ އާއި ފަޒޫ އެކުގައި ފެނިފަ އެއްނުވެ އެވެ.

ރައީސް އިބޫ އެންމެ ފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ފަޒޫ ބައިވެރި ވަޑައިގެންފައި ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!