މަބުރޫކް އިސްތިއުފާ ދެއްވައިފި
ދެންމެ | 23 އޯގަސްޓް 2022

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ މަބްރޫކް އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަބްރޫކް ފޯނަށް ޖަވާބު ނުދެއްވާތީ އިސްތިއުފާއާ ގުޅޭ ގޮތުން އޭނާގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި ރައީސް އޮފީހުގެ އެއްވެސް ބޭފުޅަކު މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް މަބުރޫކް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ. އޭނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައެެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!