ކިމް އަތުން ފޭރުނީ އޭނާ ގަހަނާ ގިނަވެގެން އުޅޭތީ: ފޭރުނު މީހާ
ދެންމެ | 25 އޯގަސްޓް 2022

ފްރާންސްގެ ވެރިރަށް ޕެރިސްގައި ރިއެލިޓީ ޓީވީގެ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން ހުރި ހޮޓެލް ރޫމަށް ދެ މީހަކު ވަދެގަނެ ފޭރުނު ވާހަކަ 2016 ވަނަ އަހަރު ނޫސްތަކުގައާއި ސޯޝަލް މީޑިއާ މަންސަތަކުގައި ފެތުރުނެވެ.

ކިމް ބުނި ގޮތުގައި ފޭރެން އައި މީހުން އޭނާއާ ދިމާއަށް ބަޑި ދިއްކޮށް، ބިލިނގާގައި ބަނދެފައި ބައިންދާ، ގާތް ގަނޑަކަށް 10 މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނަގާފައިވެ އެވެ.

މީގެތެރޭގައި ކިމްގެ އޭރުގެ ފިރިމީހާ ކާންޔޭ ވެސްޓް އޭނާއަށް ދިން ހަތަރު މިލިއަން ޔޫއެސް ޑޮލަރުގެ އެންގޭޖްމަންޓް ރިންގް ވެސް ހިމެނެ އެވެ.

ފޭރުނު މީހުން އަތުލައިގަނެފައިވަނީ އެ ހޮޓަލުން ފެނުނ ރޯނުގަނޑަކުން ޑީއެންއޭ ހޯދައިގެންނެވެ.

މިމައްސަލައިގައި ހައްޔަރުކުރި ޔޫނިސް އައްބާސް ބުނި ގޮތުގައި ކިމް ކާޑޭޝިއަން މާބޮޑަށް ނޭގުނަސް ކާންޔޭ ވެސްޓް އޭނާއަށް އެނގެ އެވެ.

ޔޫނިސް ބުނީ އިންޓަނެޓުން ފެންނަ ގޮތުގައި ކިމް ކާޑޭޝިއަން އަކީ މަޝްހޫރު ގިނަ މީހުންނާ ތަފާތުކޮށް ވަރަށް ދެއްކުންތެރި މީހެއް ކަމަށެވެ.

ކިމްގެ އަގު ބޮޑު ގަހަނާތައް އަބަދު ދައްކައި، އޭނާއަށް ފައިސާ އަކީ މާބޮޑު އެއްޗެއް ކަމަށް ނުފެންނަ ކަމަށާއި އެއް ފަހަރަކު އޭނާގެ ޝޯގައި އަނގޮޓިވެސް ޕޫލަށް އެއްލާލި ކަމަށް ޔޫނިސް ބުންޏެވެ. ކިމްގެ ގަހަނާތައް ފޭރުމަށްފަހު އެކަމާ ދެރަވެ، އެކަން ނުކުރެވުނު ނަމައޭ ހިތަށް ނާރާ ކަމަށްވެސް ޔޫނިސް ހާމަކުރިއެވެ.

ޔޫނުސް ބުނީ ކިމް ޕެރިސްއަށް އަންނަކަން ސޯޝަލް މީޑިއާއިން އެނގުނު ކަމަށާއި އޭނާ ހުންނަ ހޮޓެލްވެސް ފަސޭހައިން އެނގުނު ކަމަށެވެ.

ކިމް އަތުގައި ހުންނަ އަގު ބޮޑު ގަހަނާތަކާއި އޭގެ އަގުތައް އޭނާ އެކި ފަހަރުމަތިން އިންޓަނެޓްގައި ދައްކާ ހަދާފައިވެ އެވެ.

ޔޫނިސް ބުނި ގޮތުގައި އެހެން ދެއްކުންތެރިކަން ބޮޑެތި ސެލެބްރިޓީން އެމީހުން އަތުގައި ހުރި އަގު ބޮޑެތި އެއްޗެހި ދައްކާ ފޮނިކަނޑާ ހަދާއިރު، އެ ފަދަ ތަކެތި ނުގަނެވޭނެ ނޫނީ ނުހޯދޭނެ މީހުންގެ މަތިންވެސް ވިސްނާލުން މުހިއްމު ކަމަށެވެ.

”ކިމް ފައިސާ އާއި ގަހަނާ އުކަނީ، އެހެންވެ އަހަރުމެން އެ ނަގަން ދިޔައީ“ ޔޫނިސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!