މާލެ ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި
ދެންމެ | 27 އޯގަސްޓް 2022

މާލެ ކައިރިން ދުއްވާފައިދިޔަ ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ އިއްޒުއްދީން ފާލަން ކައިރީގައި ކަމަށާ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 5:41 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރެއް ކަމަށްވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮަށްފައެވެ.

ގުޅުންހުރި ލިޔުންތައް