ރައީސްގެ ދަތުރުފުޅުގައި ހުންނަވަނިކޮށް، މަހްލޫފް ސަރީއަތް މާދަމައަށް ތާވަލް ކޮށްފި
ދެންމެ | 27 އޯގަސްޓް 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން މި ފަށަނީ މީގެ ކުރިން އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ގޯސްކޮށްކަމަށް ނިންމައި އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ.

މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ، މާދަމާ ހެނދުނު 9:00 އަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެގޮތުން އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް