ބަގުރޫޓް ވެފައިވާ ފެނަކައިން މޫދު އަޑިން ކަރަންޓް ކޭބަލެއް ދަމައިފި
ދެންމެ | 13 އޯގަސްޓް 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދު އަޑިން ކަރަންޓް ކޭބަލެއް އަޅައި މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ދީފި އެވެ.

ފެނަކައިން އެ މަސައްކަތް ކޮށްފައިވަނީ ސަތޭކަ ޕަސެންޓް ދިވެހިންގެ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ހެދި ފަރެސްމާތޮޑާ އެއާޕޯޓުގެ ޒަމާނީ އިންޖީނުގެއިން ފަރެސް އަދި މާތޮޑާއަށް ކަރަންޓު ދިނުމަށެވެ.

އެ އިންޖީނުގެއިން ފަރެސްމާތޮޑާއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުން އިފުތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމެވެ.

ފަރެސްމާތޮޑާގައި ހަދާފައިވާ އިންޖީނުގެއަކީ 10 މެގަވޯޓުގެ ކަރަންޓު އުފެއްދޭ ފެންވަރަށް ހަދާފައިވާ އިންޖީނުގެ އެކެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫފް ކޮށް ހަދާފައިވާ އިންޖީނުގެ އެކެވެ.

ފެނަކައިން ބުނީ, ކުރިއަށް އޮތް 50 އަހަރަށްވެސް ފުދޭ މިންވަރަށް ހަދާފައިވާ މި އިންޖީނުގެއަކީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށްޓަކައި ރައީސް އިބުރޭ ދައުރުގައި ފެއްޓިގެން ކުރިއަށް ގެންދިޔަ ކާމިޔާބު މަޝްރޫއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!