ގަލޮޅުގަނޑުގައި ކުޅުނު މެޗެއް ހޫނުވެ، ރެފްރީ ދުވެ، ފިލައިފި
ދެންމެ | 30 އޯގަސްޓް 2022

ގަލޮޅުގަނޑުގައި މިއަދު ހަވީރު ކުޅުނު މެޗެއް ހޫނުވެ، މާރާމާރީ ހިންގަން އުޅުމުން ރެފްރީ ފިލައިފިއެވެ.

ރެފްރީ ފިލީ ޓީމެއްގެ އޮފިޝަލުންނާއި ސަޕޯޓަރުންތަކެއް އޭނަ ފަހާ ދުވުމުންނެވެ. ދަނޑު މަތިން ފައިބައިގެން ރެފްރީ ގޮސް ވަނީ ދަނޑުގައި ހުންނަ ރޫމަކަށެވެ.

މިއަދު ހަވީރު ކުޅުނީ ބުރު ސްޕޯޓްސް އާއި ކްލަބް ޓީނޭޖެވެ. ރެފްރީ ދަނޑުން ފައިބައިގެން ދިޔައީ މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައިވަނިކޮށެވެ. އޭގެ ފަހުން މެޗު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މެޗު ހުއްޓާލިއިރު، 1-3 ގެ ކުރީގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ.

މެޗު ހުއްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކްލަބް ޓީނޭޖުގެ ޓީމު ވަނީ ދަނޑުދޫކޮށް ގޮސްފައެވެ. އެއަށްފަހު މެޗު އޮފިޝަލުން ނިންމާފައި ވަނީ އެ މެޗުން މޮޅުވީ ބްރު ސްޕޯޓްސް ކްލަބު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް