އިނގިރޭސިވިލާތުގެ ރާނީ، އަވަހާރަވެއްޖެ
ދެންމެ | 08 ސެޕްޓެމްބަރ 2022

އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން މިއަދު ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާ ވަނީ ހިއްސާކޮށްފަ އެވެ.

ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރާނީ އަވަހާރަވުމާ އެކު އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އެވެ. އެމަނިކުފާނު މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ބަކިންހަމް ޕެލަސްއިން ވަނީ ހާމަކޮށްފަ އެވެ.

އަވަހާރަވިއިރު، އަރިހުގައި އާއިލާގެ ގިނަ މެމްބަރުންތަކެއް ތިއްބެވި އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 96 އަހަރެވެ.

މީގެ 70 އަހަރު ކުރިން، 1952 އިން ފެށިގެން އިނގިރޭސި ރަނިކަން ކުރައްވަމުން ގެންދަވަނީ އެލިޒަބަތު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!