އީރާނުން، އިޒްރޭލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ތަކެއް ތިބި ބަންކަރަކަށް މިސައިލް ހަމަލާދީ ގޮއްވާލައިފި
ދެންމެ | 16 މާރޗް 2026

އިޒްރޭލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) ގެ މަތީ ފަންތީގެ އޮފިޝަލުންތަކެއް ތިބި މުހިންމު ބަންކަރަކަށް އީރާނުން މިސައިލް ހަމަލާދީ ގޮއްވާލާފައިވާ ކަމަށް ރަޝިއާގެ މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ރަޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވި ބަންކަރަކީ އިޒްރޭލުގެ ސަރުކާރާއި އަސްކަރިއްޔާގެ އެންމެ އިސްވެރިން ބޭނުންކުރައްވާ އެންމެ ބޮޑަށް ފޮރުވިގެން ތިބޭ މަރުކަޒެކެވެ. މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ މަތީ ފަންތީގެ އޮފިޝަލުންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.

“މި ހަމަލާގައި އިޒްރޭލުގެ މަތީ ފަންތީގެ އޮފިޝަލުންނަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައަށް ބޮޑު ސިހުމެއް ލިބިގެންދާނެ،” ރަޝިއާގެ ރިޕޯޓްތަކާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ނުވަތަ ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިފަދަ ހަމަލާއެއްގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!