ވިލުފުށީ ފޭސް ފުޓްބޯޅަ މުބާރާތް ނޮވެމްބަރ 2 ގައި ފަށަން ނިންމައިފި
ދެންމެ | 16 ސެޕްޓެމްބަރ 2022

ވިލުފުށީގައި ކޮންމެ އަހަރަކު ބާއްވާ ފޭސް މަސްވަރިންގެ ވިލާ ފުޓްބޯޅަ މުބާރާތް މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް އެމުބާރާތް ބާއްވާ ފޭސް ޖަމުއިއްޔާއިން އިއުލާން ކޮށްފި އެވެ.

ވިލުފުށީ ހަތަރު ވިލާގެ މެދުގައި ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންޓީމަކީ އަޅި ވިލާ އެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ.

އެންމެ ފަހުން ބޭއްވި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ފަންބޮނޑި މޯލްޑިވްސް އެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!