ގަލީލީގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ހަތިޔާރު ބަހައްޓައި ހިޒްބުاللهއަށް އަމާންދީފި
ދެންމެ | 28 މާރޗް 2026

އިސްރާއީލުގެ އުތުރުގައި އޮންނަ ގަލީލީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލު ޑިފެންސް ފޯސް (އައިޑީއެފް) ގެ ގިނަ އަދަދެއްގެ ސިފައިން ހިޒްބުالله އަށް އަމާންދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ސަރަހައްދެއް ކަމަށްވާ މެޓޫލާ ކައިރީގައެވެ.

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ އިސްރާއީލު ސިފައިން އަތްމައްޗަށް ނަގައިގެން ތިބެ އަމާންދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، ހިޒްބުاللهގެ މުޖާހިދުން އެ ސަރަހައްދަށް ދިއުމުން އިސްރާއީލު ސިފައިން ވަނީ އެމީހުންގެ ހަތިޔާރުތައް ބަހައްޓައި އަމާންދީފައެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ވެސް ވަނީ މި ހާދިސާ ކަށަވަރުކޮށްދީފައެވެ. އެ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރުގެ ސަރަހައްދުގައި އިސްރާއީލު ސިފައިންނަށް ވަނީ “ބޮޑެތި ގެއްލުންތަކެއް” ލިބިފައެވެ. އަދި ގިނަ އަދަދެއްގެ ސިފައިން ހިޒްބުاللهގެ ބާރުގެ ދަށަށް ގޮސްފައިވާކަން އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރިމަތިވި އެންމެ ލަދުވެތި އަދި ނާކާމިޔާބު ވަގުތުކޮޅު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯތައް ވަރަށް ބާރަށް ފެތުރެމުންދާއިރު، މިއީ އިސްރާއީލުގެ އަސްކަރީ ބާރަށް ލިބުނު ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ސިފަކުރެވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދިވެސް ލިބެމުންދާއިރު، މިއީ ހިޒްބުالله އާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކުގައި އައި ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ. އަލްޖަޒީރާ އާއި ހިޒްބުاللهގެ މިލިޓަރީ މީޑިއާއިން ދަނީ މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!