އެމެރިކާއިން ހަތިޔާރު ގަތުން ހުއްޓާލައި އެމެރިކާ އާއި ދުރަށްދާން ސައުދީ ވަލީއަހްދު ބިން މުހައްމަދު ނިންމައިފި
ދެންމެ | 01 އޭޕްރިލް 2026

ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި އެގައުމުގެ އެންމެ ނުފޫޒުގަދަ ލީޑަރު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ހަތިޔާރު ގަތުން ހުއްޓާލުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ. ވަލީއަހުދު މިފަދަ ނިންމެވުމެއް ނިންމެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި އިހާނެތި ބަސްމަގާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ، ސައުދީން އަރަބިއްޔާއިން އެމެރިކާގެ ހަތިޔާރު ގަތުން ނިމުމަކަށް އައިސްފައިވާ ކަމަށާއި މިއަދަށް ފަހު ދެން އެމެރިކާގެ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށެވެ. މިއީ އެމެރިކާގެ ރައީސް ސައުދީ ވަލީއަހުދަށް އަމާޒުކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމަޕް ދެއްކެވި ހުތުރު އަދި އިހާނެތި ވާހަކަތަކަށް ދެއްވި ސީދާ ރައްދެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

 

” އަހަރެމެން މިއަދަށް ފަހު އެމެރިކާއިން ހަތިޔާރު ގަތުން ނިންމާލައިފިން” ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.

 

މިހާތަނަށް ސައުދީ އަރަބިއްޔާއިން އެމެރިކާގެ އަސްކަރީ ސިނާއަތަށް އޮއްސަމުންދިޔަ ފައިސާއަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތެއް ނޫނެވެ. އެއީ ދެގައުމުގެ ދެމެދުގައި އޮތް ވަފާތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ބެލެވިފައިވާ ކަމެކެވެ. އެމެރިކާގެ މިސައިލް ސިސްޓަމްތައް ގަތުމަކީ އެމެރިކާއާއެކު އޮންނަ ގާތް ގުޅުމުގެ ބައެއްގެ ގޮތުގައި މީގެ ކުރިން ވަނީ ބެލެވިފައެވެ.

 

ނަމަވެސް، މިއަދުން ފެށިގެން އެ އުސޫލު ނިމުމަކަށް އައިސްފައިވާ ކަމަށް ވަލީއަހުދު ވަނީ ކަނޑައަޅުއްވާފައެވެ. މިއީ އެމެރިކާގެ އަސްކަރީ އުފެއްދުންތަކަށް ބަރޯސާވުން ހުއްޓާލައި، ސައުދީގެ މިނިވަން ސިޔާސަތެއް ގާއިމުކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.

 

މި ނިންމުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސިނާއަތަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވޭއިރު، މިއީ މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް އަންނާނެ ވަރަށް ބޮޑު ބަދަލެއްގެ ފެށުން ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!