ޑްރަގު ކެފޭގައި މަރުވި މީހާގެ އޮޓޯޕްސީ ހަދަން ނިންމައިފި
ދެންމެ | 02 އޭޕްރިލް 2026

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއްގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާގެ އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި މަރުވެފައި އޮޮއްވާ އިއްޔެ ފެނުނީ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ އިއްޔެގެ މެންދުރު ފަހު 1:10 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާއަށް ބަޔަކު އަނިޔާކުރި ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ވަނީ ބުނެފައއެވެ.

އެހެންނަމަވެސް ހަށިގަނޑު އޮތް ހާލަތާއި މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން އެ ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އެމީހާގެ އޮޓޯޕްްސީ ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!