ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ދެންމެ | 10 އޭޕްރިލް 2026

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތް 10 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ. މި މަޝްރޫއުގެ އަގަކީ 110.5 މިލިޔަން ރުފިޔާއެވެ.

ގާދިއްފުށޮ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިނަ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!