ރައްޔިތުން މަޖިލީހަށް ގަޑި ޖެހުނީ ’ޕީރެޑް‘ ވެގެން: އައިސާ
ދެންމެ | 19 ސެޕްޓެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން މިދިޔަ ބުދަ ދުވަހު ތާވަލްކުރި ޖަލްސާއަށް ހާޒިރުވުން ލަސްވީ މައްސަރު ކަންތައް ދިމާވުމުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ ދުވަހުގެ ޖަލްސާއަށް ނަހުލާ ހާޒިރުވުން ލަސްވުމުން ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެ، އެކަމުގެ ސަބަބުން މެދުކަނޑާލާފަ އެވެ. އެ މައްސަލައިގައި، މިއަދުގެ ކޮމިޓީއަށް ހާޒިރުވެ، ކޮމެޓީ ނިންމާލި ވަގުތު ނަހުލާ ވިދާޅުވީ ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެ ވާހަކަ މަޖިލީހަށް ބުދަ ދުވަހު އެންގި ކަމަށެވެ. އަދި، ހާޒިރުވާން ލަސްވީތީ ނަހުލާ ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

”އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށް ވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން،“ ނަހުލާ ވިދާޅުވި އެވެ.

މިކަން މިގޮތަށް ހިއްސާކުރަން ޖެހުނީ ކޮމޓީ ތެރޭގައި އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!