ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސް ބޮޑުކޮށް، 25 ރުފިޔާއަށް އަރުވާނަން: އިލްޔާސް
ދެންމެ | 12 އޯގަސްޓް 2023

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަހުގެ އަގު 25 ރުފިޔާއަށް އަރުވާނެ ކަމަށް ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިފަދައިން ވިދާޅުވީ ގދ. ގައްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

”އަޅުގަނޑުމެން ސަރުކާރަށް މިއަންނަނީ މަހުގެ އެންމެ ދަށް އަގެއްގެ ގޮތުގައި 25 ރުފިޔާއަށް ކަނޑައެޅުމަށް“ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މަސް ކިލޯއަކަށް ލިބޭ އާމްދަނީ އިތުރުކުރާނެ ކަމަށާއި، މަސް ޕްރޮސެސް ކޮށްގެން އިތުރު އާމްދަނީއެއް ލިބޭނެ މަގުވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.

ގައްދޫއަކީ ވެސް މަސްވެރިން ގިނަ ރަށެއްކަން ފާހަގަ ކުރައްވަމުން އިލްޔާސް ވިދާޅުވީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

ހާއްސަކޮށް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސްވެރިންނަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ހުވަދު އަތޮޅަކީ މަސްވެރި އަތޮޅަކަށްވާއިރު، އެ އަތޮޅުގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމަ އަގު ހޯދުން ކަމަށްވެސް އެ އަތޮޅުގެ މަސްވެރިން އަބަދުވެސް ބުނެއެވެ.

އެކި ކެންޑިޑޭޓުން ރިޔާސީ އިންތިހާބާއި ދިމާކޮށް ވައުދުތައް ވަމުންދާއިރު މަސްވެރި ކަމަށް ވެސް ގިނަ ވައުދުތައް އެބޭފުޅުން ދަނީ ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!