ސެއިހް އިލްޔާސް ޖަމާލު، ރޮޒައިނާއަށް ޖަރުބާތީ ލަވަތަކެއް ކިޔައިދީފި
ދެންމެ | 30 އޯގަސްޓް 2023

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލް ރައްޔިތުން މަޖިލީހުގ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ލަވަ ކިޔައިދޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އެ ވީޑިއޯއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ވާހަކަ ދައްކަވަމުން އިލްޔާސް ޖަމާލް ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ”ތަންކޮޅެއް ފޯރި ގަދަވީމަ، އަނެއްކާ ރޮޒޭވެސް އިންނެވީމަ އަޅުގަނޑު ޒަމާނަކުން އައި ޒަމާނެއްގެ ވާހަކަ ދައްކާ ހިތްވެއްޖެ، ދިވެހިރާއްޖެއަށް އައި ރަން ޒަމާނެއްގެ ވާހަކަ“ މިފަދައިން އިލްޔާސް ޖަމާލު ވިދާޅުވެފައިވެއެވެ.

މިފަދައިން ވިދާޅުވެ އޭނާ ވަނީ ލަވަ ކިޔަން ފަށާފައެވެ.

”ޒަމާނެކޭ، ރާއްޖެ ދުށް ރަން ޒަމާނެކޭ،

ކެޔޮޅު ކިތަންމެ މޮޅަސް،

ފަޅުވެރިންކަން ނޭނގި މާ،

ސަމުގާ ކިތަންމެ ދަތަސް،“ އިލްޔާސް ޖަމާލް ރާގުގައި ވިދާޅުވިއެވެ.

”އިބޫ ޞާލިހް ފަދަ ވެރިއަކު ނެތް

އެ ނޫން ވެރިއަކު ދެން ބޭނުމެއް ނޫން

އޯގާތެރިކަން ބޭނުމީ، އަނިޔާވެރިކަން ނޭދެމޭ

ޞާލިހާއެކު ޖޯޝުގާ، އެންމެން އެކުގައި ވޯޓުލާ

އެއްބުރުން އެއްބުރުން“ އިތުރަށް ފޯރި ގަދަ ރާގެއްގައި އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

މީގެ ކުރިން ދީނީ ނަސޭހަތް ދިނުމުގައި ގިނަ މަސައްކަތް ކުރެއްވި އިލްޔާސް ޖަމާލް މިހާރު އެފަދަ އެއްވެސް ކަމެއްގައި ނޫޅުއްވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް މިހާރު އޭނާ ޕޯޑިއަމްތަކަށް އަރާ މިފަދައިން ހިލޭ އަންހެނުންނަށް ލަވަ ކިޔައިދީފައިވާތީ ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

އިލްޔާސް ޖަމާލްއަކީ އަދަލާތް ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އޭނާ ދާދި ފަހުން ވަނީ ސަން ސިޔާމްގެ އެމްޑީއޭއާ ގުޅިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!