މީހަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށްލައި، 1.25 މިލިއަން ޖޫރިމަނާ
ދެންމެ | 20 އޭޕްރިލް 2026

ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ބިދޭސީއަކު އުމުރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އިއްވާފައިވަނީ މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްްޗަށް ދައުވާކުރީ ދ. މީދޫއަށް ނިސްބަތްވާ ދޯންޏެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ޝާހީންއަށް 2021 ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި މައްސަލާގައެވެ.

މި މައްސަލާގައި ޝާހިންގެ ވާރިސުންް ބޭނުންވަނީ މަރުގެ ދިޔަކަމަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ އޭނާ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ޝާހީންގެ ވާރިސުންް މަރުގެ ދިޔަ ބޭނުންވާތީ ކޯޓުން ވަނީ މަސްއޫދު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދެއްކުމަށްވަނީ ހުކުމްްކޮށްފައެވެ. އަދި އެ ފައިސާ އެއް އަހަރު ތެރޭގައި އެ ފައިސާ ސިވިލްކޯޓަށް ދައްކާ ހަލާސްކުރުމަށްވެސް ވެސް ކޯޓުން އިއްވި ހުކުމުގައިވެއެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށްވެސް ކްރިމިނަލްކޯޓުން އިއްވި ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެފައިވެއެވެ. މަސްއޫދު އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!