ކެބިނެޓުން ގިނަ ވަޒީރުންތަކެއް އިސްތިއުފާދެއްވުމުން މިމަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވައިލެއްވި ކެބިނެޓުގެ 14 މިނިސްޓަރުންނަށް ރައްޔިތުން މަޖިލީހުން ރުހުން ދީފިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެކުލަވާލި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރު ވަނީ މިމަހުގެ 14 ވަނަ ދުވަހު ކުއްްލިއަކަށްް އިސްތިއުފާދެއްވާފައެވެ. އެއާއި އެކު މިނިސްޓްރީގެ އަދަދު 15 އަށް ބަދަލުކޮށް އަލުން ރައީސް މުއިއްޒު ހަމަ އެދުވަހު ކެބިނެޓް އަލުން ވަނީ އެކުލަވާލާފައެވެ.
އަލުން އެކުލަވާލި ކެބިނެޓްްގައި އާ ފަސް ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޑިފެންްސް މިނިސްޓަރު ހަސަން ރަޝީދުއެވެ. ދެން ތިއްބެވި 10 ވަޒީރަކީ ކުރިންވެސް ކެބިނެޓްްގައި ހިމެނުނު ވަޒީރުންނެވެ.
މިއަދު ބޭއްވި ރައްތިޔުން މަޖިލީހުގައި ޖަލްސާގައި ވަޒީރުންނަށް ރުހުންދޭން ވޯޓަށް އަހާފައިވަނީ ކޮންމެ ވަޒީރަކަށް ވަކިވަކިންނެވެ.
ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުގައި ހިމެނޭ ޕީއެންސީން މިއަދުގެ މަޖިލީހުގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ވަނީ ދެ ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ވޯޓް ދީފައެވެ. އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ. އަދި އޭގެއިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ފަސް މެންބަރަކު ވަނީ ވޯޓްދީފައެވެ.
އަލަށް އެކުލަވާލި ކެބިނެޓްް
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
ފިޝަރީޒް އެންޑް އެނަވަޔަރަމެންޓް މިނިސްޓަރުކަމަށް އަހްްމަދު ޝިޔާމް
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު



