ފުލުހުން “ކްރިޕްޓޯ މޭން“ ތަހްގީގްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޕީޖީއަށް ސަކުވާ ހުށަހަޅައިފި
ދެންމެ | 19 މެއި 2026

ފުލުހުން “ކްރިޕްޓޯ މޭން“ ތަހްގީގްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޕީޖީއަށް ސަކުވާ ހުށަހަޅައިފި އެވެ.

އާދަން އަދުލާންގެ ވަކީލުން ފަރާތުން ކުރީގެ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ސޮއި ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފުލުހުން އަދުލާން ހައްޔަރުކޮށްފައި ވަނީ ވަރަށް ބޮޑު ތުހުމަތެއްގައި ނަމަވެސް ބަޔާން ނެނގިއިރު ތުހުމަތާއި ގުޅޭ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ.

ފުލުހުންނަށް އަދުލާންގެ މައްޗަށް އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގައި ވެސް ފުލުހުން ވަނީ އިއުތިރާފްވެފަ އެވެ.

ފުލުހުން މައްސަލައިގައި އަދުލާން ބަންދު ކުރިނަމަވެސް އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ކޯޓުގައި ބުނުމުން ކޯޓުން ވަނީ އަދުލާން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

މިމައްސަލައިގައި ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން ވެސް ޕީޖީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!