ކުރީގެ ނައިބް ރައީސް އަދީބު ދުނިޔޭން ހޮވާ “ގްލޯބަލް ޑިޕްލޮމަސީ އެވޯޑް“ ހާސިލް ކުރައްވައިފި
ދެންމެ | 19 މެއި 2026
”ގްލޯބަލް ޑިޕްލޮމަސީ އެވޯޑް“ ކުރީގެ ނައިބް ރައީސް އަދީބު ހާސިލް ކުރައްވައިފިއެވެ
ދުބާއީގައި ބޭއްވުނު އޭޝިއަން އަރަބް އެވޯޑްސް 2025 ގައި އަގުވަޒަންކޮށް، ގްލޯބަލް ޑިޕްލޮމަސީ މެގަޒިންގައި ފީޗާކޮށްފައިވާތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އަހުމަދު އަދީބުގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޕޯސްޓް ކުރައްވާފައިވެއެވެ.
”ސްޓްރެޓީޖިކް އެޑްވައިޒަރީ، ގުޅުން ބަދަހިކުރުން، އަދި ހޮސްޕިޓާލިޓީ، ޓެކްނޮލޮޖީ އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދިނުމުގައި ޖީ.ސީ.ސީ (GCC) ސަރަހައްދުގައި އަޅުގަނޑު ކުރި މަސައްކަތްތަކުގެ އަގު މިގޮތަށް ވަޒަންކުރިކަމަށްޓަކައި ޝުކުރުވެރިވަމެވެ.“ އެމަނިކުފާނު ލިއުއްވާފައިވެއެވެ. ”ޔުނައިޓެޑް ޑިޕްލޮމެޓިކް ކައުންސިލްގެ ރައީސް ޑރ. އާސިފް އިޤްބާލް އަށާއި، އިންތިޒާމުކުރި ފަރާތްތަކުގެ އިތުރުން މި ދަތުރުގައި މެދުނުކެނޑި އެއްބާރުލުންދޭ އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.“
މި އެވޯޑަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދެވޭ މަޝްހޫރު އެވޯޑެކެވެ. ރާއްޖެއިން މިއެވޯޑް އެންމެ ފުރަތަމަ މި ހާސިލް ކުރެއްވީ އަދީބުއވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!