ވެމްކޯ ކުނި ކަހާ އެތައް ބައެއްގެ ވަޒީފާ ގެއްލޭތީ މައްސަލަ މަޖިލީހަށް
ދެންމެ | 24 ސެޕްޓެމްބަރ 2022

މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އާނުކުރަން ނިންމުމާއި ގުޅިގެން ވެމްކޯގެ އެތަށް ބަޔެއްގެ ވަޒީފާ ގެއްލިގެންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށައަޅައިފިއެވެ.

މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާތީ މާލޭ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށް ފާސްކޮށްފައެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ.

ސިޓީ ކައުންސިލުގެ ނިންމުމާއި އެކު ވެމްކޯގެ ކުނިކެހުމުގައި މަސައްކަތް ކުރާ އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށައެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވިދާޅުވީ، މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!