އައްޑޫ ރައްޔިތުން ގުބޯ ހައްދަން ވެރިކަން ނިމެން 90 ދުވަހަށް ވުމުން ބިޔަ ކުރެހުންތަކެއް ދައްކާލައިފި
ދެންމެ | 03 ޖޫން 2023

އައްޑޫ ރައްޔިތުން ގުބޯ ހައްދަން ވެރިކަން ނިމެން 90 ދުވަހަށް ގާތްވުމުން ބިޔަ ކުރެހުންތަކެއް ރައީސް ސޯލިހް ދައްކާލައިފި އެވެ.

2018 ވަނަ އަހަރު ވެރިކަމަށް އައިފަހުން ފަސް އަހަރު ފާއިތު ވެގެންދާއިރު ވެސް ފެށި މަސައްކަތެއް އަދި ނިމިފައެއް ނެތެވެ.

މާލޭ އަމީނީ މަގު ބިޔަ މަސްރޫއު ނިންމަން ނަގާނެ ދުވަހެއް އިނގޭ މީހަކު ނެތެވެ. ރަށްރަށުގެ މަގުތައް ވަނީ އޮއްވަޅު ގޮޑިތަކަކަށް ހަދާފަ އެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތް ވެސް އޮތީ ވަރަށް ނިކަމެތި ހާލެއްގަ އެވެ. ތިލަމާލެ ބުރިޖްގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކުން ރަގަޅެވެ.

މަސްކިރުވަން ބޯޓެއް ގެނައިތީ އެއެތި އޮތީ ދަބަރަށް ވެފަ އެވެ. މިސްރުން ތެޔޮ ބާޖްތަކެއް ބަނީތީ އެ ބޯޓުތައް އެފްރިކާގެ ގައުމަށް ދޫކޮށްލައިފި އެވެ.

ރައީސް ސޯލިހް އައްޑޫ ރައްޔިތުން ގުބޯ ހެއްދުމުގެ މަސައްކަތް ފަށާފައި މި ވަނީ އިންތިހާބާއި ދިމާކޮށް ށ. ކޮމަންޑޫ ރައްޔިތުންނާއި ގުރައިދޫ ދާއިރާގެ ރައްޔިތުން ގުބޯ ހައްދާލުމަށް ފަހުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!