ހުޅުލެ ފަރަށް އެރި ބޯޓު 3 ލައްކައިން ޖޫރިމަނާ ކޮށްފި
ދެންމެ | 24 ސެޕްޓެމްބަރ 2022

ހުޅުލެ ފަރަށް އެރި ބޯޓު 3 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

”އެމްވީ ޗެން ގްލޯރީ 9“ ނަމަކަށް ކިޔާ މި ބޯޓު ހުޅުލޭ ފަރަށް އެރީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް، އުޅަނދުގެ ވެރިފަރާތް އައްޔަންކުރި ސާވެޔަރަކާއެކު މި މަހުގެ 10 ގައި އެ ސަރަހައްދަށް ގޮސް ޖޮއިންޓް ސާވޭއެއް ކޮށްފައިވާކަމަށެެވެ. އަދި ސާވޭއިން އެނގޭ ގޮތުގައި ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 365000 ރުފިޔާއިން އެ ބޯޓު ޖޫރިމަނާކޮށްފައިވާކަމަށެވެ.

އީޕީއޭއިން ބުނީ ”އެމްވީ ޗެން ގްލޮރީ 9“ ގެ ލޯކަލް އެޖެންޓަކީ ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑްކަމަށާއި އެ ކުންފުނިން ވަނީ މި މަހުގެ 13 ގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ޖޫރިމަނާގެ ފައިސާ ދައްކާފައިކަމަށެވެ.

ގުޅުންހުރި ލިޔުންތައް