ދިވެހިން ޓްރަންޕަށް ’ރެކިފުތު‘ ކިޔާ މައްސަލަ ހޫނު ވެއްޖެ
ދެންމެ | 27 މެއި 2026

ދިވެހީންގެ ތެރޭގައި އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕުގެ ނަން ރެކިފުތަށް ބަދަލުވެއްޖެ އެވެ. އޭނާގެ އަމަލުތަކާއި ބަސްމަގު ހުންނަ ގޮތުން ގިނަ ދިވެހީންނަށް އެއީ މިހާރު އެއްވެސް އިތުބާރެއްނެތް ޖޯކަރެކެވެ. އަދި ގަދަބަސް ބުނެފައި ރެކެން އުޅޭ މީހެކެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ރައީސް ޑޮނާލްޑް ޓްރަމްޕަށް މިހާރު ރެކިފުތު ނޫން އެއްެޗެއް ނުކިޔައެވެ. އަދި އޭނާ އެއްޗެއް ބުނެފިނަމަ އެ ބުނާ ގޮތާ މުޅިން އިދިކޮޅަށް ކަންކުރާނެ ކަަމަށް ބުނެއެވެ.

އެހެންކަމުން ދުނިޔޭގެ ލީޑަރުންގެ ތެރެއިން ދިވެހީން އެންމެ އިތުބާރު ނުކުރާ މީހަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކަމުގައި ބެލެވެއެވެ. ދިވެހީން އެންމެ ނަފުތަރުކުރާ ވެރިޔަކީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!