މުލަކުގައި ފުލުހެެއްގެ ސައިކަލުގައި ރޯކޮށް، އަންދާލައިފި
ދެންމެ | 24 ސެޕްޓެމްބަރ 2022

މ. މުލަކުގައި ފުލުހެެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ސައިކަލުގައި ރޯކޮށްލީ ރޭގެ ވަގުތެއްގައި ފުލުސްމީހާގެ ގޭ ދޮށުގައި ސައިކަލް ޕާކު ކޮށްފައި ހުއްޓަ ކަމަށެވެ.

އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، ސައިކަލުގައި ރޯކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މުލަކުގައި ފުލުހެެއްގެ ސައިކަލުގައި ރޯކޮށްލިއިރު، މިއަހަރުގެ ފެބްރުއަރީ މަސްތެރޭ ނ. މިލަދޫގައި ވެސް ވަނީ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އަޅިއަށް ހަދާލާފައެވެ.

އެރަށުގައި ރޯކޮށްލީ ޑްރަގް ޑީލެއް ހުއްޓުވި ފުލުހެއްގެ ސައިކަލެއްގައެވެ. ގޯތިތެރޭގައި ހުއްޓައި ފުލުސް މީހާގެ ސައިކަލުގައި އެފަހަރު ރޯކޮށްލި މައްސަލާގައި އެރަށު ފަތަގުމާގެ، އަބްދުﷲ ޝުހާދުގެ މައްޗަށް މިދިޔަ މެއި މަސްތެރޭ ވަނީ ދައުވާ އުފުލާފައެވެ.

މިފަހަކުން އައިސް ފުލުހުންގެ ތަކެއްޗަށާއި ސީދާ ފުލުހުންނަށްވެސް ދަނީ ހަމަލާތައް ތަކުރާރުކޮށް އަމާޒުވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!