ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ކުރިއަށް 24 ގަޑި އިރުގެ މޫސުން ލަފާ ކުޮށް އެ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ގުގުރުން ވެސް އެކަށީގެން ވާކަމަށްށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހެމުންދާނީ ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 13 މޭލު ދެމެދުގެ ބާރުމިނުގަި ކަމަށް އެ އިދާރާއިން ބުނެފަިވެއެވެ.
މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދު ބާރު މިނުގައިކަމަށާއި،އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވާނެ ކަމަށް އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ.
”ހޯމަ އަންގާރަ އަދި ބުދަ މި ތިން ދުވަހު ލަފާ ކުރެވޭ ގޮތުން އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ، މެދުރާއްޖެ ތެރޭ އަތޮޅުތަކަށް ހޯމަ އަންގާދަ ބުދަ މި ތިން ދުވަހު ލަފާ ކުރެވެެނީ ކެރީގެ އަސަރު ކުރާނެ ކަމަށް“ މެޓް އޮފީސް
އެ އިދާރާއިން ބުނިގޮތުގައި، 24 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރޭ އަތޮޅުތަކަށް ނިސްބަތްވާ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.



