ލޯންޗް ދިޔައީ މޫދަށް ވެއްޓުނު މީހާ ގައިމަތިން: އެމްއެންޑީއެފް
ދެންމެ | 25 ސެޕްޓެމްބަރ 2022

ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު މޫދަށް ވެއްޓުނު ކަމަށާއި ލޯންޗް ދިޔައީ އޭނާގެ ގައިމަތިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެންއެންޑީއެފުން ދެންމެ ބުނީ، ޑިންގީ އާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާ ކަމަށެވެ. އެ މީހާ ނުނެގިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަކްރާފްޓްގެ ޑައިވަރަކު އެ ސަރަހައްދަށް ވަގުތުން ފުންމާލައި މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހުޅުމާލެ ނެރުމަތީ ހިނގި މި ހާދިސާގައި 4 މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕްގައި އަދި އަނެއް ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް