އެމްޑީޕީގެ ޗެއަރޕާޝަން އިންތިހާބުން ނަސީދު ފޭލްކޮށްލައި ހަފުސްކޮށްލަން އިބޫ ދޮރުން ދޮރަށް ހިނގަން ފަށައިފި
ދެންމެ | 06 ޖޫން 2026

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމްގެ ކެމްޕެއިން ހަރަކާތްތައް ފުވައްމުލައް ސިޓީގައި ވަރަށް ބޮޑަށް ވަރުގަދަކޮށްފިއެވެ.

މި ދަތުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާއިރު، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން މީކާއީލްއަށާއި ރައީސް ސޯލިހަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިހާރު ކުރިއަށްދާ މި ކެމްޕެއިން ދަތުރުގައި، ރައީސް ސޯލިހާއި މީކާއީލް ފުވައްމުލަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތްތައް (ޑޯ-ޓު-ޑޯ) ވަރަށް ފޯރިއާއެކު ކުރިއަށް އެބަގެންދެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އެމްޑީޕީން ވަނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެ ޕާޓީގެ މެމްބަރުންގެ ދާއިމީ ލިސްޓު މިހާރު އާންމުކޮށްފައެވެ.

މީކާއީލްގެ އިތުރުން މި މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!