ގޭދޮށު މަސް ފެކްޓަރީ ހުއްދަދީ، ސަރުކާރުގެ %99 ވައުދު ވަނީ ފުއްދާފައި: ގާސިމް
ދެންމެ | 26 ސެޕްޓެމްބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވީ ވައުދުތަކުގެ 99 އިންސައްތަ ފުއްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވެފައިވަނީ ހަމައެކަނި މި ސަރުކާރުން ނޫން ކަމަށާއި، މި ސަރުކާރުން މަސްވެރިކަމަށް ވީ ވައުދުގެ 99 ޕަސެންޓް ފުއްދާފައިވާ ކަމަށެވެ. އެގޮތުން ގާނޫނުގެ ދަށުން ގޭދޮށު ފެކްޓްރީ ހަދަން ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

”އެ ހުރިހާ ކަމެއް ވެސް މިހާރު އެބަކުރެވޭ ފައިސާ ލިބުނު ވަރަކުން އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމަ މިދިޔަ ސަރުކާރުން ވީ ވައުދުތައް ހުރީ ފުދިފައިތޯ؟ އޭގެ ކުރީގެ ސަރުކާރުގެ ވައުދުތައް ހުރީ ފުދިފައިތޯ؟ މިއަދުގެ ސަރުކާރަށް ހަމައެކަނި އޮތް ކަމެއް ނޫން އެއީކީ،“ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި މަސްވެރިން ޕްރައިވަޓައިޒޭޝަނާއި ދިމާލަށް ދާން މަސައްކަތްތަކެއް ކުރި ކަމަށެވެ. އޭގެ ފަހުން އައި އެއްވެސް ސަރުކާރަކަށް މަސްވެރިކަން ތަރައްގީ ކުރަން މަސައްކަތް ކުރެވިފައި ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

”އެހެން އެ ވަނީ ކަޅުބިލަ މަހުގެ މަސްވެރިކަމުން ލިބެނީ ވަރަށް ބޮޑު ގެއްލުން ކަމަށްވާތީ،“ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!